ޚަބަރާއި އަޕްޑޭޓް
ޕީއެންސީގެ ސްޓިއަރިން ކޮމިޓީތަކާއި ދާއިރާތަކުގެ އިންތިހާބުގެ ވޯޓުލުން ފަށައިފި
ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ސްޓިއަރިން ކޮމިޓީތަކާއި ދާއިރާތަކުގެ އިންތިހާގެ ވޯޓުލުން އެކަމަށް ކަނޑައެޅިފައިވާ މަރުކަޒުތަކުގައި މިއަދު ހެނދުނު 9:00 ގައި ފަށައިފިއެވެ.

ޕީއެންސީގެ ދާއިރާތަކުގެ އިންތިހާބުގެ އޮފިޝަލުންނާ ޕާޓީގެ ލީޑަރޝިޕުން ބައްދަލުކުރައްވައިފި
އަންނަ ހޮނިހިރު ދުވަހުގައި ބާއްވަން ހަމަޖެހިފައިވާ ޕީއެންސީގެ ދާއިރާތަކާއި ސްޓިއަރިން ކޮމިޓީތަކުގެ އިންްތިހާބުގެ އޮފިޝަލުންނާ ޕާޓީގެ ލީޑަރުން ބައްދަލުކުރައްވައި، އިންތިހާބަށް ތައްޔާރުވުމުގެ ކަންކަން ކުރިއަށްދާ ގޮތް އޮޅުންފިލުއްވައިފިއެވެ.

ދާއިރާތަކުގެ އިންތިޚާބާ ގުޅޭ އެންމެ ފަހުގެ މަސައްކަތްތައް ޕާޓީގެ ލީޑާޝިޕުން ބައްލަވާލައްވައިފި
ޕީޕަލްސް ނޭޝަަނަލް ކޮންގްރެސްގެ ދާއިރާތަކުގެ އިންތިޚާބުގެ އިންތިޒާމުތައް ހަމަޖެއްސެމުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ޕާޓީގެ ލީޑާޝިޕުގެ ބޭފުޅުން ބައްލަވައިލައްވައިފިއެވެ.

ޕީއެންސީގެ ދާއިރާ އަދި ސްޓިއަރިން ކޮމިޓީގެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
ކޮންގްރެސް ޕާޓީގެ ދާއިރާތަކުގެ އިންތިހާބު އަންނަ މަހުގެ 11 ގައި ބާއްވަން ނިންމައި އެކަން އިއުލާނުކޮށްފިއެވެ.

ދަރަނި އަދާކުރަމުން ހުއްޓުމެއް ނެތި ތަރައްގީގެ މަޝްރޫއުތައް ހިންގާނެ ޕްލޭނު އެބައޮތް: ރައީސް
މި ސަރުކާރުން މިހާރު ފަށާފައި ހުރި މަޝްރޫއުތަކާއި އަދި އަލަށް ފަށަން ހުރި މަޝްރޫއުތަކާއެކު ޖުމްލަ 2،645 މަޝްރޫއެއް ހިންގުމަށްޓަކައި އެ މަޝްރޫއުތައް ކުރިއަށްގެންދާނެ ގޮތުގެ ޕްލޭން އެކުލަވައިލާ ތަންފިޒުކުރާނެ ގޮތް ކަނޑައަޅައި ނިމިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ދ.މީދޫ ކައުންސިލު ރައީސް އިންތިހާބުކުރުމުގެ އިތުރުބުރު ޕީއެންސީގެ ކެންޑިޑޭޓު ކާމިޔާބުކުރައްވައިފި
ނިމިދިޔަ ލޯކަލް ކައުންސިލު އިލެކްޝަނުގައި އިންތިހާބަށްފަހު ވޯޓު ގުނުމުގައި ދިމާވި މައްސަލަތަކާ ގުޅިގެން ވޯޓު ބާތިލުކުރި ދ.މީދޫ ކައުންސިލު ރައީސްގެ ގޮނޑީގެ އިތުރުބުރުގެ އިންތިހާބު ޕީއެންސީގެ ފަރާތުން އެ ގޮނޑިއަށް ވާދަކުރެއްވި ސުހާ އިބްރާހީމް ކާމިޔާބުކުރައްވައިފިއެވެ.

މަަޖިލީހުގައި ހުރި މެންބަރުގެ ޕާޓީއަށް ނުބަލައި ރައްޔިތުންގެ ފައިދާއަށް މަސައްކަތްކުރާނެ: ވަޒީރު ރާފިއު
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި ކޮންމެ ފިކުރެއްގެ މެންބަރަކު ހުއްޓަސް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން އަބަދުވެސް މަސައްކަތްކުރާނީ ރައްޔިތުންގެ ފައިދާއާއި ރާއްޖޭގެ ކުރިއެރުމަށް ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.

ޕީއެންސީގައި ތިބީ ގައުމަށް ވަފާތެރި ދިވެހި ދަރިން: ސަލީމު
ކޮންގްރެސް ޕާޓީގައި ތިއްބެވީ ގައުމަށް ވަފާތެރިންކަމަށާއި، މަގާމުތަކުގައި އެ ޕާޓީ ތަމްސީލުކުރައްވާ މެމްބަރުންނަކީ ފެންވަރު މަތިވެގެން އުޅެން ބޭނުންވާ ބައެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ރޭ ވިދާޅުވެއްޖެއެވެ.

ޤައުމު އިސްކުރެއްވުމުގައި ރައީސް ޑރ.މުޢިއްޒު ދައްކަވަަނީ ފުރިހަމަ ނަމޫނާއެއް: ނާޒިމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަކީ ޤައުމު އިސްކުރެއްވުމުގައި ނަމޫނާ ދައްކަވަމުންގެންދަވާ ބޭފުޅެއް ކަމަށް ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯ، އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ރައީސް ޑރ.މުޢިއްޒާއެކު ޕީއެންސީގެ ފިކުރަށް ހިދުމަތްކުރެެއްވުމުގައި ދެމިހުންނަވާނެ ކަމުގެ ޔަގީންކަން ޒަމީރު ދެއްވައިފި
މާލީ ވަޒީރުކަމުން އިސްތިއުފާދެއްވި ނަމަަވެސް މިއަދުވެސް އޭނާ ހުންނެވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒާއެކު ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ހިދުމަތުގައިކަމަށް ކުރީގެ މާލީ ކަންކަމާއި އާއްމު ވިޔަފާރިތަކާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ އިސްޓީމުތަކެއް ހުރިހާ ރަށަކަށް ދަތުރުކުރަން ނިންމަވައިފި
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ އިސްވެރިންގެ މައްޗަށް އެކުލެވޭ ޓީމުތަކެއް ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރުކުރައްވަން ޕާޓީގެ އިންތިޒާމު ކޮމިޓީން ނިންމަވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސްގެ މަޤާމަށް އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމު އިންްތިޚާބުކުރައްވައިފި
ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސްކަމަށް ޕީއެންސީގެ ފަރާތުން އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް އިންތިޚާބުކުރައްވައިފިއެވެ.

ޑިޖިޓަލައިޒްކުރުމުގެ ބޭނުމަކީ މީހުންގެ ނަހަމަ ނުފޫޒުން ކަންކަން ކުރުމުގެ ދޮރުތައް ބަންދުކުރުން: ރައީސް
ޑިޖިޓަލައިޒްކުރުމުގެ މަގުސަދަކީ މީހުންގެ ނުފޫޒު މެދުވެރިކޮށް ކަންކަން ކުރުމުގެ ޖާގަ ވީހާވެސް ބޮޑަށް ބަންދުކުރުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ސޯޅަ އަހަރުން ދަށުގެ ކުޑަކުދިންނަށް ސޯށަލް މީޑިޔާ ބައެއް އެޕުތައް މަނާކުރަން ގަސްތުކުރަން: ރައީސް
ކުޑަކުދިންނާއި ފުރާވަރުގެ ކުދިންގެ ދުޅަހެޔޮކަން ކަށަވަރުކުރުމުގެ ގޮތުން އުމުރުން 16 އަހަރުގެ ކުދިންނަށް މީސްމީޑިޔާ ބައެއް މަންސަތައް ބޭނުންނުކުރެވޮ ގޮތަށް މަނާކުރުމަށް ގަސްތުކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑަ.މުޖައްމަދު މުވޢިއްޒު ވިދާޅުވެއްޖެއެވެ.

ސަރުކާރަށް އެއްބާރުލުން ދިނުމުގައި ޕާޓީ ދެމިއޮންނާނެ، ބައިބައިނުކުރެވޯނެ: ܥަބްދުއްރަ݁ީމް
ކޮންގްރެސް ޕާޓީގެ ލީޑާށިޕާއި އާންމު މެންބަރުން ތިބީ އެކުގައި ގަދަކޮށް ރައީސުލްޖުމްހޫރިއްޔާ ޑަ. މުހައްމަދު މުއިއްޒުގެ ފަހަތްޕުޅުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުއްރަހީމް އަބްދުލްޅާ ވިދާޅުވެއްޖެ އެވެ.











