ޕާޓީގެ ކޮންގްރެސް ފެށެން--ދުވަސް--ގަޑި--މިނިޓް--ސިކުންތު
ކޮންގްރެސް ޕާޓީޕާޓީއާ ގުޅިވަޑައިގަންނަވާ
ޕާޓީ

ސަރުކާރަށް އެއްބާރުލުން ދިނުމުގައި ޕާޓީ ދެމިއޮންނާނެ، ބައިބައިނުކުރެވޯނެ: ܥަބްދުއްރަ݁ީމް

ޕީއެންސީ މީޑިއާ އޮފީސް15 މޭ 2026

ކޮންގްރެސް ޕާޓީގެ ލީޑާށިޕާއި އާންމު މެންބަރުން ތިބީ އެކުގައި ގަދަކޮށް ރައީސުލްޖުމްހޫރިއްޔާ ޑަ. މުހައްމަދު މުއިއްޒުގެ ފަހަތްޕުޅުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުއްރަހީމް އަބްދުލްޅާ ވިދާޅުވެއްޖެ އެވެ.

ސަރުކާރަށް އެއްބާރުލުން ދިނުމުގައި ޕާޓީ ދެމިއޮންނާނެ، ބައިބައިނުކުރެވޯނެ: ܥަބްދުއްރަ݁ީމް

އެމަނިކުފާނު މިހެން ވިދާޅުވީ ލޯކަލް ކައުންސިލް އިންތިންޚާބުގައި ކޮންގްރެސް ޕާޓީން ހޯދި ކާމިޔާބީ ފާހަގަކުރުމަށް އެ ޕާޓީގެ މައި ހަރުގޭގައި މިރޭ ބޭއްވި ފޯރިގަދަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެތައް ސަތޭކަ ބަޔަކު ބައިވެރިވި މި ޖަލްސާގައި ވަރަށް ފޯރީގައި ތަހުރީރު ކުރައްވަމުން އަބްދުއްރަހީމް ވިދާޅުވީ ރާއްޖެއަށް ބޭނުން ވަނީ ރައީސުލްޖުމްހޫރިއްޔާ ޑަ. މުހައްމަދު މުއިއްޒުފަދަ ݂ައުމާއި ރައްޔިތުން ދެކެ ލޯބިވާ ވެރިއެއް ކަމަށެވެ.

ދިވެހިރައްޔިތުންނާއި މި ݂ައުމަށްޓަކައި ކަމެއްކޮށްދޭނެ ބަޔަކީ ކޮންގްއެރެސް ޕާޓީ ކަމަށާ އެކަން ރައީސް މުއިއްޒުގެ ޒަ݂ާމަތުން ސާފުކޮށް ފެންނަމުންދާ ކަމަށް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް ޕާޓީ އޮތީ ބަދަހި ގުޅުމަކުން ގުޅިފައި ކަމަށެވެ. އަދި ބަޔަކު ނިކުމެ އެ ޕާޓީ ބައިބައިކޮށް ފިތުނަކުރަން ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް އެ މަސައްކަތް ކާމިޔާބު ނުވާނެ ކަމަށެވެ.

"މި ތިބީ ގަދަކޮށް. މިތިބީ އެކީގައި. ބައިބައިވުމެއް ނެތް," ވަރަށް ފޯރީގައި ތަހުރީރު ކުރައްވަމުން އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ ވާދަވެރީން ތިބީ ރިޔާސީ ކެންޑިޑޭޓަކު ކަންޑަނޭޅި ބޮޑު ކޯޅެއްގެ ތެރޭގައި ކަމަށެވެ. ނަމަވެސް ކޮންގްރެސް ޕާޓީގައި އެ ކޯޅުން ނެތް ކަމުގައި ވިދާޅުވި އެވެ. އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް މުއިއްޒު ކަމަށާ އެކަމަށް ޕާޓީގައި ކުޑަވެސް ޚިޔާލުތަފާތުވުމެއް ނެތް ކަމުގައި ވިދާޅުވި އެވެ.

"ބައިބައިކުރަން ވާހަކަ ދައްކާނޭ ކަމެއް ނެތް. އެކަމެއް ނުވާނެ," އަބްދުއްރަހީމް ވިދާޅުވި އެވެ.

މިރޭގެ ޖަލްސާގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން އައަބްދުއްއްރަހީމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ސަރުކާރާއި ރައީސުލްޖުމްހޫރިއްޔާ ޑަ. މުހައްމަދު މުއިއްޒަށް ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 75 ގޮންޑި ކޮންގްރެސް ޕާޓީއަށް ރައްޔިތުން ތިބީ ރައީސާއި ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދިނުމަށް ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އަބްދުއްރަހީމް ވިދާޅުވީ މަޖިލީސްތެރެއިން ސަރުކާރަށް އެއްބާރުލުން ދިނުމަށް ރެއާއި ދުވާލު މަސައްކަތް ކުރަން ތިއްބެވީ ތައްޔާރަށް ކަމަށެވެ.

އަބްދުއްރަހީމް އިތުރަށް ވިދާޅުވީ ކުރިއަށް އޮތީ ކޮންގްރެސް ޕާޓީއަށް ވަރަށް މުހިންމު ދުވަސްވަރެއް ކަމަށެވެ. އެއީ ޕާޓީގެ ކޮންގްރެސް ކަމުގައި ވިދާޅުވި އެވެ. އަބްދުއްރަހީމް ވަނީ ކޮންގްރެސްއަށް ތައްޔާރުވުމަށް ހުރިހާ މެންބަރުންނަށް އިލްތިމާސް ކުރައްވާފަ އެވެ.

އަބްދުއްރަހީމް ވިދާޅުވީ ފެންނާނީ ވަރަށް ރީތި ކޮންގްއެރެސް އެއް ކަމަށެވެ. އަދި ކޮންގްރެސްއަށް ފަހު ހުރިހާ މެންބަރުން ކަމަރު ބަންނަންވީ ރައީސުލްޖުމްހޫރިއްޔާ ޑަ. މުހަމްމަދު މުއިއްޒުއަށް ދެވަނަ ދައުރެއް ހޯދުމަށް ކަމަށް ވިދާޅުވި އެވެ.

ދިވެހީންގެ ރާއްޖެ ހޯދެވޯނީ ރައީސް މުއިއްޒުގެ ޒަ݂ާމަތުގައި ކަމަށާ އެމަނިކުފާނު ދެވަނަ ދައުރަކަށް އިންތިޚާބު ކުރެވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބަ އޮތް ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވި އެވެ.